ހުޅުމާލޭގައި ޕޮލިހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލޭގައި މިއަދު ގްރޫޕަކުން ޕޮލިހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާކަމަށާއި މާރާމާރީގައި އަނި...

21 May 2023 | 16:00

ހުޅުމާލޭގައި މިއަދު ގްރޫޕަކުން ޕޮލިހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާކަމަށާއި މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"މާރާމާރީއާއި ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ފުލުހަކަށް ހަމަލާ ދީފައިވަނީ ހުޅުމާލޭ ފްލެޓް 53 ކައިރިންނެވެ. އެ ފުލުސް މީހާއަކީ ދޫންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އުޅުނު ފުލުހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މާރާމާރީގައި ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް