ޝާހްރުކްގެ ރިޝްވަތު ޗެޓުލޮގުގެ ހަގީގަތް، ވަޓްސްއެޕްވެސް ބޭނުން ނުކުރޭ!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝާހްރުކް ހާންގެ ވަޓްސް އެޕް ޗެޓު ލޮގުގެ ހަގީގަތް އޭނާގެ އެކުވެރިއަކު ހާމަކޮށްފި އެވެ. ލީކުކޮށްލައިގެން އުޅެނީ އޭނާ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ވެރިއެއް ...

21 May 2023 | 14:12

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝާހްރުކް ހާންގެ ވަޓްސް އެޕް ޗެޓު ލޮގުގެ ހަގީގަތް އޭނާގެ އެކުވެރިއަކު ހާމަކޮށްފި އެވެ.

ލީކުކޮށްލައިގެން އުޅެނީ އޭނާ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ވެރިއެއް ކަމަށް ސަމީރު ވަންހަދޭއާއި ދެމެދު ކުރެވުނު ޗެޓު ލޮގެކެވެ. އެ ޗެޓް ލޮގް ލީކުކޮށްލި ކަމަށްވަނީ ސަމީރުގެ ފަރާތުންނެވެ.

އެ ޗެޓަކީ ޝާހްރުކްގެ ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ސަލާމަތް ކުރުމަށް ސަމީރަށް ރިޝްވަތު ހުށަހަޅައި ކޮށްފައިވާ ޗެޓު ލޮގެކެވެ. ޗެޓު ލޮގުން އެނގޭ ގޮތުގައި ޝާހްރުކް އޭނާއަށް 2 ކްރޯޑް އިންޑިއަން ރުޕީސް ރިޝްވަތުގެ ގޮތުގައި ހުށަހެޅި އެވެ.

މި ޗެޓާއި އެކު ޝާހްރުކް ހާންގެ ސަޕޯޓަރުން ދެފަޅިވެ އެއްބައި މީހުން ދަނީ ހީކުރިކަހަލަ މީހަކަށް ޝާހްރުކް ނުވިކަމަށް ބުނެ އޭނާއަށް ފާޑުކިޔަމުންނެވެ.

މައްސަލަ އެންމެ ބޮޑަށް ހޫނުވެފައި ވަނިކޮށް ޝާހްރުކްގެ ގާތް މީހަކު މީޑިއާގައި ބުނީ އެ ޗެޓްލޮގްގައި އެއްވެސް ހަގީގަތެއް ނެތްކަން އޭނާއަށް 100 ޕަސެންޓު ޔަގީންކޮށްދެވިދާނެ ކަމަށެވެ.

އެއީ ޝާހްރުކަކީ ވަޓްސްއެޕް ބޭނުން ކުރާ މީހެއް ނޫންކަން އޭނާ ދަންނަ ގާތް ހުރިހާ އެންމެންނަށް އެނގޭނެ ކަމަށެވެ. އޭނާ ބުނީ އެހާ މަޝްހޫރު މީހަކު އާދައިގެ މެސެޖަކުން މީހަކަށް ރިޝްވަތު ހުށަހަޅާފާނެތޯވެސް މިއީ އުފެދޭ ސުވާލެއް ކަމަށާއި އެފަދަ މުހިންމު ޕޮއިންޓުތަކަށް ޝައްކު ކުރާއިރު ވިސްނާލަން ޖެހޭ ކަމަށެވެ.

އޭނާ ބުނީ އާރްޔަން ޖަލުގައި ހުރި އިރު އޭނާ ސަލާމަތް ކުރަން އެއްވެސް މީހަކަށް ޝާހްރުކް ގުޅާފައި ނުވާ ކަމަށެވެ. އަދި ދަރިފުޅު ސަލާމަތް ކޮށްދިނުމަށް އެދި މީހެއްގެ އެހީއަށްވެސް ނޭދޭ ކަމަށެވެ.

އެ އެކުވެރިޔާ ބުނީ އާރްޔަންގެ ކުށެއް ނެތްކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޝާހްރުކަށް އެނގޭ ކަމަށެވެ.

އާރްޔަން ޖަލުގައި މަހެއްހާ ދުވަސް ހޭދަ ކުރި އިރު ސީބީއައި އޮފިސަރު ސަމީރު އިސްކޮށް ހުރެ އާރްޔަން އާއި ދެކޮޅަށް ގިނަ ހެކި ހުށަހަޅައި އޭނާ މައްސަލައިގަ ބައްދަން މަސައްކަތް ކުރި އެވެ. އެކަމަކު އާރްޔަން ބުނަމުން ދިޔައީ އޭނާ މަސްތުގެ ހާލަތުގައި ނުހުންނާނެ ކަމަށާއި އެ ޕާޓީއަށް ދިޔައީ އެކުވެރިއަކު ދިން ދައުވަތަކަށް ކަމަށެވެ.

މި މައްސަލައިގަ ސަމީރު ޝާހްރުކް އަތުން ރިޝްވަތު ނަގަން އުޅުނު ކަމަށް ބުނެ އެ މައްސަލަ ދަނީ ބަލަމުންނެވެ. މި ޗެޓު ލޮގު ސަމީރުގެ ފަރާތުން ލީކުކޮށްލި ކަމަށްވަނީ އޭނާގެ ދިފާއުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް