ދުވާފަރު ކައުންސިލަރުންނާއި އެކު ކުށަށް އިއުތިރާފު އެއްބަސްވުން ހަދަނީ

ރ. ދުވާފަރު ކައުންސިލް މެމްބަރު ހިންގި ހިޔާނާތުގެ މައްސަލައިގަ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް އެކުލަވާލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. ދުވާފަރު ކައުންސިލަރުންނާއި އަންހެނ...

21 May 2023 | 07:52

ރ. ދުވާފަރު ކައުންސިލް މެމްބަރު ހިންގި ހިޔާނާތުގެ މައްސަލައިގަ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް އެކުލަވާލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ދުވާފަރު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ކައުންސިލް މުވައްޒަފުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ފަޅާ އެރީ ލޯކަލް ގަވާމެންޓު އޮތޯރިޓީން ހެދި މޮނިޓަރިން ރިޕޯޓެއްގައި އެވެ. އެ ރިޕޯޓުން އެނގުނީ އެމީހުން ދައުލަތުގެ ފައިސާ މިލިއަނުން ބޭނުން ކޮށްފައިވާ ކަމެވެ.

މި މައްސަލައިގަ ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިޔަށް ދާއިރު ޕީޖީން ދަނީ ކައުންސިލަރުންނާއި އެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެއީ އެފަދަ މައްސަލަ ތަކުގައި އަމަލު ކުރާ އިޖުރާއަތްތައް ކަމަށެވެ.

އިތުރު ތަފްސީލް އަދި އެ އޮފީހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފަހު 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނީ މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހު އެވެ. ހިޔާނާތުގެ މި މައްސަލަ އާއި ގުޅިގެން އެ ރަށު ކައުންސިލަރުން ސަސްޕެންޑުވެސް ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް