ހުޅުމާލޭ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް ހުޅުވާލައިފި

ހުޅުމާލޭ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އަރބަންކޯ އިން ހުޅުވާލައިފި އެވެ. އެ ކުންފުނިން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ...

21 May 2023 | 07:26

ހުޅުމާލޭ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އަރބަންކޯ އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމުލަ 10 ޖާގަ ހުޅުވާލާފައި ވާއިރު ބީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ.

މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ މީލާދީ ގޮތުން 12 މަސްދުވަހުގެ މުއްދަތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އަރބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި އެ ނޭބަރހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ. މި ބީލަމާބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

bit.ly/3Wf9MQL

މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުމެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އަރބަންކޯއިން އަންނަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިގޮތުން ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ޕާކިންގ ސޮލިއުޝަން މި ކޯޕަރޭޝަނުން މިވަނީ މި ހަފުތާ ތެރޭގައި ތައާރަފު ކޮށްފައެވެ. ފުރަތަމަ ސްމާޓް ޕާކިންގ ޒޯންގެ ގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ސްމާޓް ޕާކިންގ ޒޯނު ހުޅުވައި، އިތުރު ސްމާޓް ޕާކިންގ ޒޯނުތައް ތައާރަފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިވަގުތު ދަނީ ކުރަމުންނެވެ.

ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އިންގިލާބީ ބަދަލެއް ޕާކިންގެ ކަންކަމަށް ގެނައުމަކީ އެ ކުންފުނީގެ އުއްމީދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް