ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އަޒުލު ކުރަން ސޮއި ކުރައްވާފައިވާނެކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީއިން 'ނާޒިމް ބުނީ ކީކޭ؟' ގެ ނަމުގައި ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސްއަށް ލިބިފައި ނުވާ ބާރެއްކަމަށެވެ. އަދި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައިކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް އަޒުލު ކުރުމަށް ސޮއި ކުރެއްވީ އެ ސަބަބާއި ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޕީގެ މެމްބަރުންގެ އިތުރުން ރައީސް އަޒުލު ކުރުމަށް ސޮއިކުރީ، ފިކުރެއްގެ ދިރުން، ޕީޕީއެމް، ޕީއެންސީ އަދި ޖޭޕީ މެމްބަރުންނެވެ.
މިއީ އެމްއެންޕީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރޭގެ ޕްރޮގްރާމްގައިވެސް އާންމު ފަރާތްތަކުން ވަރަށް ގިނަ ސުވާލުތަކެއްކޮށް މިޕްރޮގްރާމަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް