އެވޯޑު ހަފްލާއަކަށް ނަޝީދު މިއަދު ހއ. ދިއްދޫއަށް ވަޑައިގެންނަވަނީ

އެވޯޑު ހަފްލާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދުގެ ...

21 May 2023 | 05:25

އެވޯޑު ހަފްލާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދުގެ މި ދަތުރުފުޅަކީ ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންނަވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ފުރާވަޑައިގެންނަވާނީ މިއަދު މެންދުރު ފަހު އެވެ.

ނަޝީދު މި ދަތުރުފުޅުގައި ފުރާވަޑައިގެންނަވަން ހަމަޖެހިފައިވާކަން ހާމަކޮށްފައި މިވަނީ އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. އެކަން މަޖިލީހުން ވަނީ ދޮގުކޮށްފައި އެވެ.

އެ އިދާރާއިން ބުނީ ސިންގަޕޫރަށް ފުރީ މަޖިލީހުގެ ސީނިއާ ތިން މުވައްޒަފުން ކަމަށެވެ.

އަތޮޅުތެރެއަށް ކުރައްވާ މި ދަތުރުފުޅު ވެގެންދާނީ އެމްޑީޕީއާ ވަކިވެވަޑައިގެން ފިކުރެއްގެ ދިރުމުން މަސައްކަތް ކުރަން ފެށިފަހުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

ނަޝީދު ފިޔަވައި އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެފައި އެވެ. އަދި މި ހަފްތާގައި ފިކުރެއްގެ ދިރުމުން އާ ސިޔާސީ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް