ނާޒިމްގެ ވެރިކަމެއްގައި މަސްވެރިންނަށް ރިޓަޔާމެންޓް ސްކީމެއް!

އެމްއެންޕީގެ ވެރިކަމެއްގައި މަސްވެރިންނަށް ރިޓަޔާމެންޓު ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ނާޒިމް މިހެން ވިދާޅުވީ 'ނާޒިމް ބުނީ ކީކޭ؟' ...

21 May 2023 | 05:05

އެމްއެންޕީގެ ވެރިކަމެއްގައި މަސްވެރިންނަށް ރިޓަޔާމެންޓު ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ 'ނާޒިމް ބުނީ ކީކޭ؟' ގެ ނަމުގައި ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މަސްވެރިކަމުގައި 30 އަހަރު ހޭދަކޮށް ރިޓަޔާ ކުރާއިރު އެފަރާތްތަކުގެ އަތުގައި އެއްޗެއް ނޯންނަ ކަމަށާއި މިކަން ހައްލުކޮށްދިނުމަށް އެމްއެންޕީގެ ވެރިކަމައެއްގައި ރިޓަޔަރމެންޓް ސްކީމެއް ތަޢާރަފްކޮށްދެއްވާނެކަމަށެވެ.

އަދި މި ސްކީމްގައި  ރިސޯޓު ވަޒީފާ އަދާކޮށް ރިޓަޔާވާ ފަރާތްތައްވެސް ހިމެނޭނެހެން އެމްއެންޕީގެ މެނިފެސްޓޯ ތައްޔާރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިއީ އެމްއެންޕީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރޭގެ ޕްރޮގްރާމްގައިވެސް އާންމު ފަރާތްތަކުން ވަރަށް ގިނަ ސުވާލުތަކެއްކޮށް މިޕްރޮގްރާމަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ޕްރޮގްރާމް ހުށަހަޅާދެއްވީ އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް