ވިލިނގިލީ ލޯންޗު އެކްސިޑެންޓުގައި ދެ މީހަކު ނިޔާވެއްޖެ

ގއ. ވިލިނގިލީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި ލޯންޗުގައި އިން ދެ މީހަކު ނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 7:15 ހާއިރު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ލޯންޗުން ފަސ...

21 May 2022 | 16:12

ގއ. ވިލިނގިލީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި ލޯންޗުގައި އިން ދެ މީހަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 7:15 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ލޯންޗުން ފަސް މީހަކު ދަތުރު ކުރި ކަމަށެވެ. އަދި ލޯންޗު ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ފަރުގައި ޖެހި ދެ މީހަކު މޫދަށް ވެއްޓި ގެލުނީ ކަމަށެވެ.

އެމީހުން ފަހުން ވަނީ ފެނިފައި އެވެ.

އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހުން މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ. އަދި ފަރުވާ ދެމުންދާ ތިން މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވި އެވެ.

އެ ތިން މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް