ގއ. ވިލިނގިލީގައި ލޯންޗު އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް ސިރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ7:15 ހާއިރު އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ މިހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ފަސް މީހުން ކަމަށެވެ.
އެ އެކްސިޑެންޓު ހިނގީ ލޯންޗު ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ފަރުގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. ވިޝާލް ވިދާޅުވީ ފަރުވާ ދެމުންދާ މީހުން އިތުރު ފަރުވާއަށް ރަށުން ބޭރަށް ގެންދަން ޖެހޭނެ ކަމަށެވެ.
އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް