ރައީސް ޔާމީންގެ ގެކޮޅަށް ގެއްލުންދިން މައްސަލައިގާ ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ކުރީގެ ރައީސް، އަބްދުފ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅާއި ޕީޕީއެމް އޮފީހުގެ ބޭރުގައި ސްޕްރޭކޮށް ގެއްލުންދިން މައްސައިގާ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލު...

21 May 2022 | 14:14

ކުރީގެ ރައީސް، އަބްދުފ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅާއި ޕީޕީއެމް އޮފީހުގެ ބޭރުގައި ސްޕްރޭކޮށް ގެއްލުންދިން މައްސައިގާ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން މިއަދު ބުނެފައިވަނީ  އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ މިއްދު ކޯޓަށް ހާިރުކުރުމުން ޝަރުތުކޮށްފައި ކޯޓުން އޭނާ ދޫކޮށްލި ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި ރައީސް ޔާމީންގެ ގެކޮޅަށާއި ޕީީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދީފައިވާ މައްސަލައިގާ ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރީ މަހުގެ 16 ވަނަ ދުވަހުގައެވެ.

އޭރު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު މިއަދު ހާޒިރުކުރީ އެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް