މުސްލިމެއް ކަމަށް ހީކޮށް، އިންޑިއާގައި ދުވަސްވީ ހިންދޫ މީހަކަށް އަނިޔާކޮށް މަރާލައިފި

މުސްލިމުންނާއި މެދު އިހާނެތި ގޮތްތައް ހަދަމުންދާ އިންޑިއާގައި މުސްލިމެއް ކަމަށް ހީކޮށް ހިންދޫއަކު މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ނީމުޗް ޑިސްޓްރިކްޓުގައި އެވެ. އެ...

21 May 2022 | 11:59

މުސްލިމުންނާއި މެދު އިހާނެތި ގޮތްތައް ހަދަމުންދާ އިންޑިއާގައި މުސްލިމެއް ކަމަށް ހީކޮށް ހިންދޫއަކު މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ނީމުޗް ޑިސްޓްރިކްޓުގައި އެވެ. އެމީހާ އަކީ އުމުރުން 65 އަހަރުގެ ބަންވަރްލާލް ޖެއިން ކިޔާ މީހެކެވެ.

ފުލުހުންނަށް އެމީހާގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަގުމަތިންނެވެ. އެއީ ކާކުކަން ދެނެގަތުމަށް ފުލުހުން ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އާއިލާއިން ވަނީ އެމީހާ ދެނެގަނެ ވަނަވަރު ބުނެދީފަ އެވެ.

ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު މަރާލާފައި އޮތް އެމީހާއަކީ ހަނދާން ނެތޭ ބަލި ކޮންމެސް ވަރަކަށް ހުންނަ މީހެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ. އެއީ ކާކުކަން ދެނެގަނެވުނު ފަހުން ސޯޝަލް މީޑިއާގައި ވަނީ އިތުރު ވީޑިއޯއެއްގެ ގޮތުގައި ބަޔަކު ބަންވަރްލާލަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެފައި އެވެ.

އެ ވީޑިއޯއިން ފެންނަނީ އެމީހާ ކައިރީ އެއީ "މުހައްމަދު" ކިޔާ މީހެއްތޯ އަހާތަނެވެ. އެމީހާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އެއީ މުހައްމަދު ކިޔާ މީހެއް ނޫންކަން ޔަގީން ކޮށްދޭން އައިޑީ ކާޑު ދައްކަން އެދެ އެވެ.

އެކަން ކުރުން ލަސްވާތީ އެމީހާ، ބަންވަރްލާލަށް އަނިޔާ ކުރާތަން ފެންނަ އިރު އޭނާ މަރުވަނީ އިތުރު ބަޔަކުވެސް އެތަނަށް ގޮސް ބަންދަރްލާލަށް އަނިޔާ ކުރި ފަހުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގަ އެއީ މުހައްމަދު ކިޔާ މީހެއްތޯ ސުވާލު ކުރި މީހާ ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެވެ. އިތުރަށް ބުނީ އެ މައްސަލައިގަ ހިމެނޭ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް