ގެފުޅުގައި "ނުފެންނަ މީހަކު" ނަމާދުކުރާ ކަމަށް ބުނާ ވީޑިއޯ އަކީ ދޮގެއް!

މާތްވެގެންވާ ގެފުޅުގައި "ނުފެންނަ ބަޔަކު" ނަމާދުކޮށް ޤުރުއާން ކިޔާ އަޑު އިވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯ ދޮގުކޮށްފި އެވެ. މިކަން ދޮގު ކުރީ މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ...

21 May 2022 | 11:00

މާތްވެގެންވާ ގެފުޅުގައި "ނުފެންނަ ބަޔަކު" ނަމާދުކޮށް ޤުރުއާން ކިޔާ އަޑު އިވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯ ދޮގުކޮށްފި އެވެ.

މިކަން ދޮގު ކުރީ މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގެ މައުލޫމާތުތައް އެންމެ ތާޒާ ކަމާއި އެކު ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ހަރަމައިން އިންފޯއިންނެވެ.

ހަރަމައިންއިން ބުނީ އާންމު ކުރަމުންދާ ވީޑިއޯގައި ދީފައިވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. ވީޑިއޯ ވަރަށް ބޮޑަށް ދައުރުވަމުންދާކަން ފާހަގަކޮށް އެ ވީޑިއޯ އެގޮތަށް އާންމުކުރަމުން ނުދިއުމަށް އިލްތިމާސްކޮށްފަ ވެއެވެ.

ހަރަމައިންއިން ޓުވިޓާގައި ބުނެފައިވަނީ ދައުރުކުރަމުންދާ ވީޑިއޯގައި ފެންނަނީ މިދިޔަ ރޯދަ މަހު، ސިޔާސީ ބޭފުޅުންތަކެއް ދަމުނަމާދަށް ހަރަމްފުޅަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެކަމަށް ތައްޔާރުވާން ހަރަމްފުޅުގެ މުވައްޒަފުން މަސައްކަތްކުރާތަން ކަމަށެވެ. ގެފުޅުގެ ދޮރު ކޮޅު ހުޅުވައި މުވައްޒަފުން ވަދެ ނުކުމެ ހަދަމުން ދިޔައީ ސިޔާސީ ބޭފުޅުންތައް ދަމުނަމާދު ކުރުމުގެ ތައްޔާރީތަކަށް ކަމަށެވެ.

ދައުުރުވަމުންދާ ވީޑިއޯގައި "މުއުޖިޒާތެއް" ކަމަށް ބުނެ ލިޔެފައިވާގޮތުގައި އެއީ މިދިޔަ ހުކުރު ދުވަހު ނަގާފައިވާ މަންޒަރުތަކެކެވެ. އޭގެން އެ ފެންނަނީ ހުކުރު ދުވަހު ހަރަމްފުޅުގައި ބަންގި ގޮވައި ދެ ރަކުއަތުގެ ނަމާދެއް ކުރާ އަޑު އިވޭތީ ދޮރުކޮޅު ހުޅުވި އިރު އެއްވެސް މީހަކު ފެންނަން ނެތްތަން ކަމަށެވެ.

https://twitter.com/HaramainInfo/status/1527682537111568384

ހަރަމައިން އިން ވަނީ އެފަދަ ވީޑިއޯއެއް އާންމު ވެއްޖެ ނަމަ ސައްހަކަން ކަށަވަރު ކުރުމަށް ހަރަމައިން އަށް ހުށަހެޅުމުން ރަނގަޅު މައުލޫމާތު ހޯދައިދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް