ގިނަ ބަޔަކާއި އެކު ދަތުރު ކުރަމުންދިޔަ ދެ ދޯންޏެއް ފަރަށް އަރައިފި

ގިނަ ބަޔަކާއި އެކު ދަތުރު ކުރަމުން ދިޔަ ދެ ދޯންޏެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ މީގެ ތެރެއިން "މާވަރުލު ސްޓާ" ނަމަކަށް ކިޔާ ދޯނި ފަރަށް އެރީ، މ. ކޮޅުފުށްޓާއި މުއްޔާއި ދެމެދު އޮންނަ ފަރ...

21 May 2022 | 10:48

ގިނަ ބަޔަކާއި އެކު ދަތުރު ކުރަމުން ދިޔަ ދެ ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މީގެ ތެރެއިން "މާވަރުލު ސްޓާ" ނަމަކަށް ކިޔާ ދޯނި ފަރަށް އެރީ، މ. ކޮޅުފުށްޓާއި މުއްޔާއި ދެމެދު އޮންނަ ފަރަކަށް ކަމަށެވެ. އެ ދޯނީގައި އަށް މީހުން ތިއްބެވެ.

މުދާ އުފުލާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެންނެވެ.

ދެ ވަނަ ހާދިސާ ހިނގާފައިވަނީ ތ. އަތޮޅުގައި އެވެ. "އުފާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ އެ އުޅަނދު ފަރަށް އަރާފައިވަނީ ގާދިއްފުށީ ކައިރިންނެވެ.

ހާދިސާ ހިނގި އިރު އޭގައި16 މީހުން ތިއްބެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓުގާޑުން ދެ ދޯނި ކައިރީވެސް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް