ސައުދީ އަރަބިއްޔާގެ ތޯއިފް ސިޓީގައި ކޮންމެ އަހަރަކު ކުރިޔަށް ގެންދާ "ތޯއިފް ރޯސް ފެސްޓިވަލް" އަށް މިއަހަރު މިލިއަނެއްހާ މީހުން ޒިޔާރަތް ކޮށްފި އެވެ.
ފިތުރު އީދާއި ދިމާކޮށް މިއަހަރު ރޯސް ފެސްޓިވަލް ފެށީ މީގެ ދެ ހަފްތާ ކުރިންނެވެ. ސައުދީގެ މިނިސްޓްރީ އޮފް ކަލްޗާއިން ބުނީ މިއަރުގެ ފެސްޓިވަލަށް957،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި އެވެ.
އޭގެ ތެރޭގެ ތޯއިފާއި އެ ގައުމުގެ އެކި ސަރަހައްދުތަކުން އެ ފެސްޓިވަލަށް ޒިޔާރަތް ކުރި މީހުން ހިމެނެ އެވެ. އަދި އެހެން ގައުމުތަކުގެ ޓޫރިސްޓުންވެސް އެ ފެސްޓިވަލަށް ޒިޔާރަތް ކޮށްފައިވެ އެވެ.
މި ފެސްޓިވަލްގައި ތަފާޓު ވައްތަރުގެ ފިނިފެންމާ ފެނިގެންދާއިރު ތަފާތު ވައްތަރުގެ ފިނިފެންމަލުން ދުވާ ވަސްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި ތޯއިފްގެ ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް ބާއްވައެވެ. އޭގެ ތެރޭގައި މިއުޒިކް ކުޅުމާއި ތަފާތު ޝޯތައް ހިމެނެ އެވެ.
މި ފެސްޓިވަލަކީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފެސްޓިވަލެކެވެ. ދުނިޔޭގެ ރޯސް ފެސްޓިވަލެއް ބާއްވާ އެންމެ ބޮޑު ސަރަހައްދުގައި ބާއްވާ ފެސްޓިވަލްގެ ގޮތުގައި ހޮވިގެން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ލިބިފައިވެ އެވެ.
ތޯއިފް ރޯސް ފެސްޓިވަލް ބާއްވަނީ12.129 ދިގު،7.98 މީޓަރު ފުޅާ އަދި1.297 މީޓަރު އުސް ސަރަހައްދެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް