ފުވައްމުލަކުކ ސިޓީ ކައިރިއަށް ޑައިވިނަށް ގޮސްގެން އުޅެނިކޮށް ހާލުދެރަވި މަހުމޫދު ފާއިޒު، އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވާލައިފިއެވެ.
އޭނާ ޑައިވިނަށް ދިޔައީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. މަހުމޫދާއި އެކު އެދުވަހު ޑައިވިނަށް ދިޔަ މުހައްމަދު ސައީދު އެ ދުވަހުން ފެށިގެން ވަނީ ގެއްލިފަ އެވެ.
އުމުރުން 19 އަހަރުގެ މަހުމޫދު އިންޑިއާއަށް ފުރުވާލީ މިއަދު ހެނދުނުއެވެ. ފޮނުވާލުމުގެ ކުރިން ފުވައްމުލަކުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލް، ދ. ކަނޑިންމަ ރިސޯޓު އަދި ޅ. ކުރެންދޫ އައިލެންޑު ރިސޯޓުގެ ޑީކޮމްޕްރެޝަންގައި ވަނީ ފަރުވާ ދީފައެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން މަހުމޫދު އިތުރު ފަރުވާއަށް ފޮނުވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައ އިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ދޭން ހަމަޖެހިފައިވެ އެވެ.
އެދުވަހު މަހުމޫދާއި ސައީދު ޑައިވިނަށް ފޭބީ އެއްކޮށް މެންދުރު އެވެ. މަހުމޫދު ސަލާމަތް ކުރެވުނު ނަމަވެސް ސައީދުގެ ހަބަރެއް މިހާތަނަށްވެސް ނުވެ އެވެ. ސައީދު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަން ހުއްޓާލީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ސިފައިންގެ ޑައިވަރުންނަށް ހަމައެކަނި ފެނިފައިވަނީ އޭނާގެ ޑައިވިން ބެލްޓާއި މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ ދަގަނޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް