މަންކީޕޮކްސް ފެތުރޭ ގައުމުތަކުގެ އަދަދު11 އަށް އަރައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ އެ ބައްޔަށް ޝައްކު ކުރެވޭ50 އަށްވުރެ ކޭސްތައް އެ ގައުމުތަކުން ފެނިފައިވާ ކަމަށެވެ. އެކަމަކު އެ11 ގައުމުގެ ނަން ހާމައެއް ނުކުރެ އެވެ.
އިއްޔެ ބަލި ފެތުރޭ ގައުމުތަކުގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އެވެ. އެ ގައުމުތަކަކީ އެމެރިކާގެ އިތުރުން އިޓަލީ، ސްޕެއިން، ޕޯޗުގަލް، ސްވެޑިން، ކެނެޑާ އަދި އިނގިރޭސިވިލާތެވެ.
މިބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންނަކީ ދަތުރު ކުރުމުގެ ރެކޯޑު އޮތް ބައެއް ނޫނެވެ. ޑަބްލިއުއެޗްއޯއިން ބުނީ ކުރިޔަށް އޮތީ ހޫނު މޫސުން ކަމުން ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް ގިނަވުމުން ބަލި ފެތުރުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑޫވުމެއް ކަމަށެވެ.
މަންކީޕޮކްސް އަކީ ވަރަށް އަވަހަށް ގައިންގަޔަށް ފެތުރޭ އާންމު ނޫން ބައްޔެކެވެ. ހަންގަނޑުގައި ފޮޅުތަކެއް ނަގައި ޖެހޭ މި ބަލި ހަފްތާތެއްގެ ތެރޭގައި ރަނގަޅުވާ ކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ޒުވާރާއިން ހާމަކޮށްފައިވެ އެވެ.
މި ބައްޔަކީ އެފްރިކާގެ މެދުތެރޭ އަދި އިރުމަތީ ސަރަހައްދުތަކުގެ ގައުމުތަކުގައި އާންމުކޮށް ފެތުރޭ ބައްޔެކެވެ.
އެންމެ ފުރަތަަމަ މަންކީޕޮކްސް ފެނިފައިވަނީ2003 ވަނަ އަހަރު އެމެރިކާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް