އެޗްއާރު ކޮންވެންޝަނާއި އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް (މާޕު) އިން އިންތިޒާމު ކޮށްގެން ބާއްވާ ނޭޝަނަލް އެޗްއާރު ކޮންވެންޝާނާއި އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. ނެޝަނަލް އެޗްއާރު ކޮނ...

21 May 2022 | 03:49

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް (މާޕު) އިން އިންތިޒާމު ކޮށްގެން ބާއްވާ ނޭޝަނަލް އެޗްއާރު ކޮންވެންޝާނާއި އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ނެޝަނަލް އެޗްއާރު ކޮންވެންޝަން އެކްސްޕޯއަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެޗްއާރު ޕްރޮފެޝަނަލުން އެއްތަނުން ބައްދަލުވާ ބޮޑު އެއްވުމެކެވެ. މި އެއްވުމުގައި ޕްރޮފެޝަނަލުންނާއި ސްޕީކަރުންނާއި ތަޖުރިބާކާރުން ބައްދަލުކޮށް ދާއިރާގެ އެންމެ ފަހުގެ ޓްރެންޑުތަކާއި، ރަނގަޅުކުރަން ހުރި ކަންކަމުގެ މައްޗަށް މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

މިއަހަރުގެ ޝިއާރަކީ 'ޓްރާންސްފޮމޭޝަން އެންޑް ކަލްޗަރ- ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް' އެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ.

ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެޗްއާރު ދާއިރާގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުމަށް މާޕުން ހިންގާ އެކި ހަރަކާތްތަކަށް އެ ކުންފުނީގެ އެއްބާރުލުން މާޕަށް އަބަދުވެސް ލިބޭނެ ކަމަށާއި އެކަމަށް އެއްބާރުލުން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން މާޕްގެ ރައީސް ހުސެއިން އަފީފު ވިދާޅުވީ، އެ ޖަމިއްޔާއަށް ދިރާގުން އަބަދު ގިނަ އެހީތައް ވަމުން އަންނަ ކަމަށާއި ބައްދަލުވުމުގައި ދަސްވާ ކަންތައްތައް ބައިވެރިންނަށާއި ދާއިރާއަށް ޝައުގުވެރިވާ އެންމެންނާ ހިއްސާކުރުމުގެ މަގު ދިރާގު މެދުވެރިކޮށް ފަހިވެފައިވާ ކަމަށެވެ.

ދިރާގުން ބުނީ، މި ބައްދަލުވުމަށް ރާއްޖޭގެ އިތުރުން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާއިރު، ޕެންޑަމިކަށްފަހު މަސައްކަތުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކާއި އޮފީސް މާހައުލުގެ ދުޅަހެޔޮ ކަމާއި އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެޗްއާރު ދާއިރާއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދޭނޭ ގޮތާއި ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް ދިރާގުން ބުންޏެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް