މިޔަންމާގެ އަންގ ސާން ސޫޗީގެ ޕާޓީ އުވާލަން މަސައްކަތް ކުރަމުންދާ ކަމަށް މިޔަންމާގެ އަސްކަރީ އިންތިޚާބު ކާމިޔާބު ކުރެއްވި ލީޑަރު ވިދާޅުވެއްޖެއެވެ.
އަންގ ސާން ސޫޗީގެ ޕާޓީ އިސްވެ ހުރެ، ރުހިންޖާ މުސްލިމުންނާއި ދެކޮޅަށް އެތަކެއް ލާއިންސާނީ ޖަރީމާތައް ހިންގާފައި ވާއިރު، އޭނާއަކީ މިޔަންމާގެ ކުރީގެ ސަރުކާރުގެ ވެރިކަން ކުރާ ޕާޓީގެ އިސް މެންބަރެކެވެ.މިހާރުގެ އަސްކަރީ ސަރުކާރުން އެ ޕާޓީ އުވާލަން ނިންމާފައިވަނީ، ސޫޗީގެ ޕާޓީގެ މައްޗަށް ވޯޓު އޮޅުވާލުމުގެ ގިނަ ތުޙުމަތުތަކެއް އަމާޒުވެފައި ވާތީ ކަމަށް އަސްކަރީ ސަރުކާރުގެ ވެރިޔާ، ޖެނެރަލް މިން އަންގ ލެއިން ވިދާޅުވެއެވެ.
ސޫޗީގެ ސަރުކާރުން އެންމެ ފުރަތަމަ މިޔަންމާގެ ވެރި ކަމަށް އިންތިޚާބުވީ، 2015 ވަނަ އަހަރު ބޮޑު ކާބިޔާބީއަކާއި އެކުގައެވެ. އަދި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކުރިއަށް ދިޔަ އިންތިޙާބުގައިވެސް ސޫޗީގެ ނޭޝަނަލް ލީގު ފޯރ ޑިމޮކްރެސީ ޕާޓީ ވަނީ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކޮށްފައެވެ.މި ކާމިޔާބީއާއިއެކު، މި އަހަރުގެ ފެބްރުއަރީ މަހު ސޫޗީގެ ސަރުކާރުން އައު ދައުރެއް ފަށަން ހަމަޖެހިފައި ވީ ނަމަވެސް، މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މިލިޓަރީ ކޫ އަކުން، ވަރިކަން އަތުލައި ގަނެފައެވެ. އަދި އަންގ ސާން ސޫޗީއާއިއެކު، ސޫޗީގެ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބި މީހުންވެސް ވަނީ ހިފާ ހައްޔަރު ކޮށްފައެވެ.
އަސްކަރީ ލީޑަރު ޖެނެރަލް މިން އަންގ ލެއިން، ސޫޗީގެ ސަރުކާރުގެ ވޯޓު އޮޅުވާލުމާއި ގޮޅޭ ގޮތުން އިތުރަށް ވިދާޅުވީ، ވޯޓުލާ މީހުންގެ ލިސްޓުން ބޮޑެތިި އޮޅުވާލުންތަކެއް ފާހަގަ ވެފައިވާ ކަމަށެވެ.މިޔަންމާގެ އަސްކަރިއްޔާއިން ތާއީދު ކުރާ ޔޫނިއަން ސޮލިޑެރިޓީ އެންޑ ޑިވެލޮޕްމެންޓް ޕާޓީންވެސް ވަނީ މިފަދަ ތުހުމަތުތަކެއް ސޫޗީގެ ޕާޓީއަށް އަމާޒު ކޮށްފައެވެ. އެ ޕާޓީ، އެންމެ ފަހު އިންތިޚާބުގައި ބޮޑު ތަނުން ބަލިވި ކަމަށް ނަތީޖާއިން ދެއްކި ނަމަވެސް، އެކަން މިޔަންމާގެ ގިނަ ރައްޔިތުން ބަލައި ނުގަންނަ ކަަމަށް އެ ޕާޓީއިން ބުނެއެވެ.
އަންގ ސާން ސޫޗީއާއި އެކު އޭނާގެ ސަރުކާރުގެ ގިނަ ބަޔަކަށް ،މީގެ އިތުރުންވެސް ގިނަ ޖިނާޢީ ދައުވާތަކެއް އުފުލާފައި ވެއެވެ.ނަމަވެސް ސޫޗީއަށް ތާއީދު ކުރާ މީހުން ބުނަނީ، މި ހުރިހާ ދައުވާއަކީވެސް ސިޔާސީ ބޭނުމުގައި ކޮށްފައިވާ ދައުވާ ކަމުގައެވެ. މަޤްސަަދަކީ، އަންނަ އިންތިޚާބުގައި ސޫޗީއަށް ވާދަ ނުކުރެވޭ ގޮތް ހެދުން ކަމުގައެވެ.
ޔޫނިއަން ޕާޓީގެ ވެރިޔާ، ތެއިން ސޯ ވިދާޅުވީ، އިންތިޚާބީ އޮޅުވާލުންތައް މިހާރު ތަޙްޤީޤު ކުރެވެމުން ދާ ކަމަށާއި، މި ތަޙްޤީޤުތަކުން، ސޫޗީގެ އެންއެލްޑީ ޕާޓީ ޤާނޫނީ އިމުގެ ބޭރުން ސަރުކާރާއި އެކު މަސައްކަތް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ތަޙްޤީޤުގެ ނަތީޖާ އާންމު ކުރެވޭނެ ކަމަށާއި، އެއަށް ފަހު އެ ޕާޓީ އުވާލުމާއި، ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ސޯ ވިދާޅުވިއެވެ.
ސޫޗީގެ ޕާޓީއަށް ތާއިދުކޮށް، އަސްކަރީ ވެރިކަމާއި ދެކޮޅަށް މިޔަންމާގައި އަންނަނީ ގިނަ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކުން 800 އަށް ވުރެ ގިނަ މީހުން މިޔަންމާގެ އަސްކަރިއްޔާއިން މަރާލާފައި ވާއިރު، އެތައް ހާސް ބަޔަކު ވަނީ ޖަލަށް ލާފައެވެ.އަދި ގިނަ މީޑިއާތަކެއް ބަންދު ކުރުވާ، ނޫސްވެރިންވެސް ޖަލަށް ލާފައި ވެއެވެ.މިޔަންމާގައި ދިމުޤްރާތީ ވެރިކަމެއް އުފެދުމުގެ ކުރިން، 50 އަހަރު ވަންދެން ވެރިކަން ކޮށްފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް