އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި

އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި އެވެ. މިހާރު ސަލަފު ޖަމިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ދީނީ އިލްމު ފެތުރުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރ...

21 May 2021 | 18:16

އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި އެވެ.

މިހާރު ސަލަފު ޖަމިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ދީނީ އިލްމު ފެތުރުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރި އެވެ.

އަލީ ރަމީޒު ޓުވިޓާ އެކައުންޓު ސަސްޕެންޑު ކުރި ކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައި އެވެ. އޭނާ ވަނީ މިއަދު ހަވީރު ފަލަސްތީނަށް ތާއީދުކޮށް ކަނޑުމަތީގައި ބޭއްވި ހަރަކާތުގެ ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓުވިޓާ އާއި ފޭސްބުކްގައި ވަގުތުން އާންމު ކޮށްފަ އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އަލީ ރަމީޒު ވިދާޅުވީ ޓުވީޓާއިން އޭނާގެ އެކައުންޓު ސަސްޕެންޑު ކުރިކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. ސަސްޕެންޑް ކުރި ސީދާ ސަބަބު އެނގިފައިނުވާކަމަށާއި އެކައުންޓް އަނބުރާ ހޯދުމަށް ރީ އެޕީލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައި އަލީ ރަމީޒް ވިދާޅުވިއެވެ.

ރާއްޖޭގައި އާންމުންގެ މެދުގައި ވަރަށް މަގުބޫލު އަލީގެ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޓުވިޓާއިން ބުނެފައިވަނީ ޓްވިޓާ އުސޫލުތަކާއި ހިލާފުވެފައިވުމެވެ.

މިއީ 28،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓެކެވެ. މިފަހުން އޭނާ ގެންދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފަލަސްތީނުގެ ދިފާއުގައި ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ.

މިއީ ރާއްޖޭގެ ދީނީ އިލްމުވެރިއެއްގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކުރި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ކުރީ ސަރުކާރުގެ އިސްވެރިންތަކެއް އެކައުންޓްތައް ވެސް ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް