ހުޅުމާލޭ މަގެއްގެ މަތިން ޒަހަމްތަކާއި އެކު އޮތް މީހަކު ފެނިއްޖެ

ހުލުމާލޭ މަގެއްގެ މަތިން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނި އެމީހާ ޒަހަމްވެފައި އޮއްވަ ފެނިގެން ރިޕޯޓު ކުރީ ރޭ މެންދަމު 3:00 ހާއިރު ކަމަށެވެ. އެމީހާ ފެނިފައިވަނީ ނިރޮޅު މަގު ހަ ނަމް...

21 May 2021 | 17:40

ހުލުމާލޭ މަގެއްގެ މަތިން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނި އެމީހާ ޒަހަމްވެފައި އޮއްވަ ފެނިގެން ރިޕޯޓު ކުރީ ރޭ މެންދަމު 3:00 ހާއިރު ކަމަށެވެ. އެމީހާ ފެނިފައިވަނީ ނިރޮޅު މަގު ހަ ނަމްބަރު ގޯޅީގައި އޮއްވަ އެވެ.

އެމީހާ އެތަނުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަމެއް ނެތެވެ. ވެއްޓިފައި އޮއްވަ ފެނިފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އެކަމަކު ހާލަތާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ.

މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް