ކޮވިޑް ޖެހިގެން މިއަދު ހަތަރުވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ، ނިޔާވެފައި ވަނީ އުމުރުން57 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެޗްއެމްއެފް ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މިމީ...

21 May 2021 | 15:44

ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، ނިޔާވެފައި ވަނީ އުމުރުން57 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެޗްއެމްއެފް ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މިމީހާ ނިޔާވެފައި ވަނީ07:46 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި120 ވަނަ މީހާއެވެ.

މިއަދު ކުރިން ނިޔާވެފައި ވަނީ  އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހަވީރު 3:45 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި 119 މީހާ އެވެ. އަދި މިއަދު މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.

މިއަދު ކުރިން މަރުވެފާ ދެމީހުންނަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 77 އަހަރުގެ ދިވެހި ފިރިހެނެކާއި 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. އަދި މިހާރު ކޯވިޑް ޖެހިގެން 20،276 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 30،403 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް