މާރުކޭޓް ތަކުގެ ހާލަތު ބައްލަވައިފި ކަމަށާއި އެ ތަންތަނަށް ބަދަލުތަކާއި ކުރިއެރުން ގެންނާނެކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މާރުކޭޓްތަކަށް ވަޑައިގެން، އެ ތަންނާގެ ހާލަތު ބެއްލެވުމަށްފަހު ވިދާޅުވީ އެބޭފުޅުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައިފިން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން އެކަންކަމަށް ބަދަލުތައް ގެނެސް، ކަންކަން ރަނގަޅުކުރާނެ ކަމަށެވެ.
https://twitter.com/MMuizzu/status/1395718007343566851
މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާގެ މަސައްކަތްތައް ދަނީ ރައްޔިތުންނަށް ވަރަށް ގާތުން ހިއްސާކުރަމުން ދެއެވެ. އެގޮތުން ބިއްލޫރިޖެހިގޭ ގޯތިތެރޭ ޕާކިންގް ޒޯންް، ރޭގެ ވަގުތެއްގައި ނިމޭނެކަމަށް ރޭ މުއިއްޒު ވިދާޅުވެފައިވެއެވެ.
މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ މުއިއްޒުއަށް ސާބަސް ދެމުންނެވެ.
https://twitter.com/invisibleMemMDP/status/1395402737328660481
މާލޭގެ މަގުތައް އަލި ކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި މާލޭގައި މިހާރު ހުރި މަގުބައްތި ތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ފަށާފައިވާނެ ކަމާއި، މިފަދަ އެތައް މަސައްކަތްތަކެއްގެ އަދާހަމަ މުއިއްޒުވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް