އަދުރޭގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕީއެންސީގެ ލީޑަރު، އަބްދުއްރަހީމް އަބްދުﷲގެ ދެ ކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްރަހީމް އަބްދުﷲ އަދި އެމަނިކުފާނުގެ އަނބ...

21 May 2021 | 08:34

ޕީއެންސީގެ ލީޑަރު، އަބްދުއްރަހީމް އަބްދުﷲގެ ދެ ކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްރަހީމް އަބްދުﷲ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ދިޔާނާ ހުސެއިން ކޮވިޑަށް ޕޮޒިޓިވް ކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފަރުވާ ހޯއްދަވަމުން ގެންދަވަނީ ގޭގައި ތިއްބަވައިގެން ކަމަށާއި އަދި އަދުރޭގެ ދެކަނބަލުންގެ ހާލުކޮޅުވެސް ރަނގަޅު ކަމުގައި ދުވަހަށް މައުލޫމާތު ލިބެއެވެ.

އަދުރޭ އަދި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އަދުރޭއަކީ ހިތުގެ މައްސަލައެއްގައި ޕޭސް މޭކަރެއް ލައްވާފައިވާ ހައި ރިސްކު ކެޓަގަރީއަށް ފެތޭ ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް