މާލޭ ސިޓީ ކައުންސިލް ކުރިން ހިންގި އިމާރާތް ހުރި ބިއްލޫރިޖެހި ގޭގައި އަލަށް ހެދި ޕާކިން ޒޯން އާއްމުކޮށް ހުޅުވާލައި، ނީލޯފަރު ހިނގުމުގައި އުޅަނދު ނުދުއްވޭ ގޮތް ހަދައިފިއެވެ.
ބިއްލޫރި ޖެހިގޭގައި ސިޓީ ކައުންސިލުން އަލަށް ހެދި ޕާކިން ޒޯނާއި އެކު އެ ސަރަހައްދިގައި ޕާކުކުރެވޭ ސަރަހައްދުތަކަށް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ބިއްލޫރި ޖެހިގޭގައި ސިޓީ ކައުންސިލުން ޕާކިން ޒޯނެއް ހަދާފައިމިވަނީ މިމަހުގެ 6 ވަނަދުވަހުގެރޭ ރައްޔިތުން މަޖިލީހުގައި ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެންނެވެ. ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރުމަގު ކަންމަތީގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ.
މި ހަމަލާ ރައީސް ނަޝީދަށް ބަޔަކު ދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކާއި ނީލޯފަރުހިނގުމުގައި ޕާކުނުކުރެވޭ ގޮތަށް ހަދާދިނުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށެވެ. މިކަމުގައި ސިޓީ ކައުންސިލުން ބުނީ ސަލާމަތީ ބާރުތަކުން އެދުމުން އެކަމުގެ ހުއްދައަށް ޕްލޭނިން މިނިސްޓްރީގައި އެދުނުކަމަށެވެ. މިނިސްޓްރީން ބުނީ ސިޓީ ކައުންސިލުން ފޮނުވިކަމަށް ބުނާ އެ ލިޔުން ލިބިފައިނުވާ ކަމަށެވެ.
ނީލޯފަރުހިނގުމުގައި ޕާކުނުކުރެވޭ ގޮތަށް ހަދާ ބިއްލޫރި ޖެހިގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ ރައީސް ނަޝީދަށް ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ޕްލޭނިން މިނިސްޓްރީހެ ހުއްދަ އާއި އެކު ހެދި މި ޕާކިން ޒޯނާއި އެކު ނީލޯފަރުމަގު މިހާރުވަނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ނޫން އެއްވެސް އުޅަނދެއް އެމަގަށް ނުވަދެވޭ ގޮތަށް އެއްޗހި ނުދުއްވާ މަގަކަށް ބަދަލުކޮށްފައެވެ. އަދި މަޖީދީމަގާއި ނީލޯފަރުހިނގުމާ ގުޅޭ ސަރަހައްދުތަކުގައި މަޖީދީމަގުގައި ޕާކް ނުކުރެވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް