ކޮވިޑުގައި އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:54ގައި ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ކޮވިޑުގެ 118 ވަނަ މަރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1395637730592268292
ކޮވިޑުގައި ރޭ ފަތިހުވެސް ދިވެއްސަކު ނިޔާވެފައިވެއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ފަތިހު 04:06ގައި ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް