މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ޓިކްޓޮކްގެ ސީއީއޯ އެ މަގާމުން އިސްތިއުފާދީފި

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކް ހިންގާ ކުންފުނި ޗައިނާގެ ބައިޓްޑާންސްގެ ސީއީއޯ ޒަންގް ޔިމިން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އިސްތިއުފާ ދެއްވުމަށް ފަހު އާންމުކު...

21 May 2021 | 06:10

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކް ހިންގާ ކުންފުނި ޗައިނާގެ ބައިޓްޑާންސްގެ ސީއީއޯ ޒަންގް ޔިމިން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އާންމުކުރެއްވި އޭނާ އާންމުކުރެއްވި ސިޓީއެއްގައި ބުނެފައި ވަނީ ސީއީއޯގެ މަގާމުން ވަކިވެވަޑައިގަތީ އެ މަގާމަށް މިހާރު ކުންފުނީގެ ތެރެއިން އެންމެ ގާބިލު މީހާ ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރް) ޑިޕާޓްމަންޓްގެ އެންމެ އިސްކޮށް ހުންނެވި ލިއަންގް ރޫބޯއާ މަގާމު ހަވާލުކުރެއްވުމަށް ކަމަށެވެ.

ޔިމިންގެ ސިޓީގައި ވާ ގޮތުގައި ލިއަންގްއާ މަގާމު ހަވާލުކުރުމުގެ ވާހަކަ ދެކެވެން ފެށީ މިދިޔަ މާރިޗް މަހުން ފެށިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ލިއަންގް އަކީ ބައިޓްޑާންސާއި ޓިކްޓޮކް އެއްޗަކަށް ހަދައި ދިނުމުގައި ވަރަށް އަގުހުރި ބައިވެރިއެކެވެ. އޭނާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަސްމީކޮށް ސީއީއޯގެ މަގާމު ހަވާލުވާނެ އެވެ.

ޔިމިން ވިދާޅުވީ ކުންފުނީގެ ކުރިމަގާ މެދު އޭނާ ގެންގުޅުއްވާ ވަރަށް ގިނަ ހިޔާލުތަކާއި ތަސައްވުރުތައް އެބަހުރި ކަމަށެވެ. އެެކަމަކު މިހާތަނަށް މަސައްކަތްތައް ބައްޓަންކުރެވުނު ގޮތުން އަމިއްލަ އަށް އެންމެ ރަނގަޅަށް މަސައްކަތްނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ޓިކްޓޮކަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވައިގައި ހިފި ވަރަށް ކާމިޔާބު އެޕްލިކޭޝަނެކެވެ. އަދި ދިވެހިންގެ ތެރޭގައި ވެސް މިހާރު މަގުބޫލު މަންސައެކެވެ.

ފޭސްބުކް، ޓްވިޓަރ، އިންސްޓެގްރާމް، ވަޓްސްއެޕް، ސްނެޕްޗެޓް މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އަލަށް އީޖާދު ކުރާ ކޮންމެ އެޕްލިކޭޝަނަކަށްވެސް ދިވެހިން ހޭނޭކަށް މާގިނަ ދުވަހެއް ނުނަގައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ވައިގައި ހިފިގޮތަށް އަދިވެސް އެ މަގްބޫލްކަމުގައި "ފިޔަޖަހަމުން" އަންނަ އެއް އެޕަކީ ހަމަ ޔަގީނުންވެސް ޓިކްޓޮކްއެވެ.

ޓިކްޓޮކް އަކީ އެކި ލަވަތަކަށް ނުވަތަ ފިލްމުތަކުގެ ޑައިލޮގްތަކަށް އެކްޓުކޮށް، ތިމމާގެ ހުނަރު އާއްމުންނަށް ދައްކާލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެޕެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް