ކޯވިޑްގައި އިތުރު މަރެއް، ޖުމްލަ 117 އަށް

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:06 ގައި އެވެ. މަރުވި އިރު އެމީހާއަ...

21 May 2021 | 05:52

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:06 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ ރާއްޖެިއން ކޯވިޑް ޖެހިގެން މަރުވި 117 ވަނަ މީހާ އެވެ. އަދި މިއަދުގެ މިހާތަނަށް މަރުވި ފުރަތަމަ މިހާއޭވެ.

މިހާރު ރާއްޖެއިން ކޮންމެ ދުވަހަކުހެން ކޯވިޑް ޖެހިގެން އެކަކަށްވުރެ ގިނައިން މަރުވަމުން ދާއިރު އިއްޔެ ވަނީ ކޯވިޑްގައި ހަތަރު މީހުން މަރުވެފައި އެވެ.

އިއްޔެ މަރުވެފައިވަނީ ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ނޭޕާލް ފިރިހެނެކާއި އޭޑީކޭ ހޮސްޕިޓަލަށް އެއްވެސް ހަރަކާތެއް ނެތިގެން ގެންދިޔަ ދިވެހި ފިރިހެނެކެވެ. ދެން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނާއި ހަމަ އެތަނުގައި ފަރުވާ ދެމުން ދިޔަ ދިވެހި އަންހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. އަދި މިހާރު ކޯވިދް ޖެހިގެން 20،276 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 30،403 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް