ކޯވިޑް ޖެހިގެން 93 އަހަރުގެ މީހަކު މަރުވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ރޭ 10:44 ގައި އެވެ. އެޗްޕީއޭއިން ބު...

21 May 2021 | 05:09

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ރޭ 10:44 ގައި އެވެ.

އެޗްޕީއޭއިން ބުނި މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 116 ވަނަ މީހާ އެވެ. އަދި އިއްޔެ ކޯވިޑްގައި ބަލީގައި މަރުވި ހަތަރު ވަނަ މީހާ އެވެ.

މި މީހާގެ އިތުރުން އިއްޔެ މަރުވެފައިވަނީ ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ނޭޕާލް ފިރިހެނެކާއި އޭޑީކޭ ހޮސްޕިޓަލަށް އެއްވެސް ހަރަކާތެއް ނެތިގެން ގެންދިޔަ ދިވެހި ފިރިހެނެކެވެ. ދެން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. އަދި މިހާރު ކޯވިދް ޖެހިގެން 20،276 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 30،403 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް