ދިވެހި ފިލްމީ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތްކޮށް އަދި މިހާރުވެސް ހިދުމަތް ކުރަމުން އަންނަ ރޯނުގޭ ހަސަން މަނިކު (ރޯނު ހަސަން މަނިކު) ކޮވިޑަށް ފައްސި ވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހަސަން މަނިކު ކޮވިޑަށް ފައްސި ވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ހަސަން މަނިކުގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ފިލްމީ ދާާއިރާގައި 44 އަހަރު ހޭދަކޮށްފައިވާ ހަސަން މަނިކަކީ ފޯމިން އާޓްސްގެ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް އަދި ފިލްމީ ދާއިރާއިން ޙަޔާާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ހާސިލްކޮށްފައިވާ ފަރާތެކެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، މިއަދު 2،194 މީހުން ފައްސިވެފައި ވެއެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 20،276 މީހުންނަށެވެ. އޭގެ ތެރެއިން 280 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 50،802 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް