ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއްގެ މައްސަލައެއް އެމްއެމްސީ އަށް

ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ހުށަހަޅައިފި އެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ ...

21 May 2017 | 18:47

ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ހުށަހަޅައިފި އެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ ގުޅޭ ގޮތުން އެ ނޫސްވެރިން ލިޔެފައިވާ ރިޕޯޓްތަކަކާ ގުޅިގެންނެވެ.

އެ ހަ ނޫސްވެރިން ލިޔެފައިވާ ރިޕޯޓްތަކުގައި މެޑަމް ފާތިމަތުގެ ހައްގަކަށް، ނަމަކަށް އަދި އަބުރަށް ގެއްލުން ލިބޭފަދަ އެއްޗެއް ހިމެނޭކަމަށް ފާހަގަކުރެވޭތީ ކަމަށް އެ މައްސަލަތަކުގައި ވަނީ ބުނެފަ އެވެ.

އެމްއެމްސީއަށް ހުށަހަޅާފައިވަނީ ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓާ އަލީ ޔޫސުފާއި އެސިސްޓެންޓް އެޑިޓާ އަހުމަދު މުހްސިނާއި އެސިސްޓެންޓް ނިއުސް ޑައިރެކްޓާ އަބްދުﷲ ނަސީރު އިބްރާހިމާއި އެސިސްޓެންޓް އެޑިޓާ އަޒްމޫން އަހުމަދާއި ސީނިއާ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ފަޒީން އަދި ސީނިއާ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމްގެ މައްސަލައެވެ.

މީގެކުރިން ލިޔުނު ހަބަރަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިއަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ސްޓޭޝަން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް