ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ކުރާނެ

ކުރިއައް އޮތް 3 ދުވަހުވެސް މެދު ރާއްޖެތެރެއަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރެވެހި އަދި ކަނޑުތަށްވެސް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 15-25 މޭލ...

21 May 2017 | 18:40

ކުރިއައް އޮތް 3 ދުވަހުވެސް މެދު ރާއްޖެތެރެއަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރެވެހި އަދި ކަނޑުތަށްވެސް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ ސަރަހައްދުތަކަށް ގަޑިއަކު 15-25 މޭލު ބާާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް އާއްމު ގޮތެއްގައި ވައިޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދު ކަމަށް ވެސް މެޓް އޮފީހުން ބުންޏެެވެ. އަދި ވިލާގަނޑުގައި 35-45 މޭލު ބާރުމިނުގައި ވައި ޖެހޭނެ އެވެ.

މިހާރު ރާއްޖެ އަށް ކުރަމުން ދާ ވިއްސާރައިގައި މެޓް އޮފީހުން ވަނީ ވައިޓް އެލާާޓް ނެރެފަ އެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާާލުކަން ދީގެން ދަތުރު ކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.ަހައްދަށް ވިއްސާރަ ކުރާނެ

ލިމާލެއަށް އެތަކެއް ގެއްލުންތަކެއް ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް