ނ. އަތޮޅާއި ވ.އަތޮޅާއި ދެމެދު ދަތުރުފަތުރުނުކުރަން އަންގައިފި

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ނުކުރަން އަންގައިފި އެވެ. މެޓް އޮފީހުން ވަނީ މޫސުން ގޯ...

21 May 2017 | 17:10

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ނުކުރަން އަންގައިފި އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ޔެލޯއެލާޓުވެސް ނެރެފަ އެވެ. މެޓް އޮފީހުން ވިދާޅުވީ އެ ހިސާބުތަކަށް ގަޑިއަކު 30 - 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ޔެލޯ އެލާޓް ނެރެފައިވަނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ކަނޑުދަތުރުތައް ނުކުރުމަށް އެންގުމަށްކަމަށެވެ.

މީގެ އިތުރުން މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ ކަމަށެވެ.

އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް