މިހާރު ރާއްޖެއއަށް ކުރަމުން މިދާ ވިއްސާރައިގައި މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް އެތަކެއް ގެއްލުންތަކެއް ވެއްޖެއެވެ.
ވިއްސާރާގައި އައި ކޮޅިގަނޑާއި އެކު، ވިލިމާލެގެ ބައެއް ގޭގެއަށް ވިއްސާރައިގެ އަސަރުކޮށް ބައެއް ގޭގޭގެ ފުރާޅުތަކަށް ގެއްލުންތަކެއް ލިބިފައިވާއިރު ވިލިމާލޭގެ ބައެއް ސަރަހައްދުގައިހުރި ބައެއް ގަސްތައް ވެސް ވަނީ ވެއްޓިފައެވެ.
ކޮޅިގަނޑުގައި މާލޭގެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުރި ބިލްބޯޑެއް ވެއްޓި އެތަނުގައި ޕާކުކޮށްފައިހުރި ކާރަކާއި ޕިކަޕެއްގައި ޖެހި ގެއްލުންތަކެއް ވަނީވެފަ އެވެ. އަދި މިރޭ 7:22 ހާއިރު މާފަންނު ސަހަރާ ކައިރީ ހުރި ގަހެއް ވެއްޓި އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ވެސް ގެއްލުން ލިބިފަ އެވެ.
މީގެ އިތުރުން އަމީނީ މަގުގެ ބައެއް ގަސްތަކުގެ ބޮޑެތި ގޮފިތައް ވެއްޓިފައިވާއިރު ސޯސަންމަގުގެ ބައެއް ގަސްތަލުގެ ގޮފިތައް ވެއްޓިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ފެރީ ޓާމިނަލް ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއްގެ މައްޗައް ވެސް ފިތުރޯނު ގަހެއް ވެއްޓި ގެއްލުންތަކެއްވެފައިވެ އެވެ. ނަމަވެސް މި ހާދިސާތަކުގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް އެނގިފައެއް ނުވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދަށް ގަޑިއަކު 30 މޭލާއި 40 މޭލު ބާރު މިނުގައި ވައި ޖެހެ އެވެ. އެހެންކަމުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓުވެސް އެ އޮފީހުން ވަނީ ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް