27 ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަމުންދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

ސަމަރ އައިލެންޑުން 27 ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރަމުންދިޔަ "ނޫރު 6" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވަމުންދާތީ، އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށަ...

21 May 2017 | 16:46

ސަމަރ އައިލެންޑުން 27 ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރަމުންދިޔަ "ނޫރު 6" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވަމުންދާތީ، އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ އެ ލޯންޗު ކ.ތުޅާގިރި އައިލެންޑް ރިސޯޓް ކައިރީގައި ވަނިކޮށް ކަމަށާއި އަދި، މި ލޯންޗުގައި 33 މީހުން ދަނީ ދަތުރުކުރަމުން ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"މި ހާދިސާގެ މަޢުލޫމާތު މިރޭ 18:33 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ފާސްޓް އިންޓަރސެޕްޓް ކްރާފްޓް އުޅަނދު ވަނީ އެސަރަހައްދަށް ގޮސްފައެވެ. އަދި، އެ ސަރަޙައްދުގައި ކަނޑުގަދަވުމުގެ ސަބަބުން ތުޅާގިރީގެ ނިވަލަށް ދިޔަވަމުންދާ "ނޫރު 6" ލޯންޗު ގެންގޮސް، އޭގައި ތިބި ފަތުރުވެރިން އެމްއެންޑީއެފް ފާސްޓް އިންޓަރސެޕްޓް ކްރާފްޓް އުޅަނދަށް ބަދަލުކުރުމަށް ފަހު، ފަތުރުވެރިން ގޮވައިގެން އެ އުޅަނދު ދަތުރުކުރާނީ ހުޅުލެއަށް އައުމަށެވެ." އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް