ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިއޮތް "ފާތިމާ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވަމުންދާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މިއަދު 18:00 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ސިފައިން ވަނީ އެސަރަޙައްދަށް ގޮސްފައި ކަމަށާއި އަދި، ދިޔަވަމުންދާ ސަފާރީގައި ޕަންޕު ބަހައްޓައިގެން ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ މިހާރު ކުރަމުން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް