ދިއްގަރާއި މާމެންދޫ ސްކޫލްގައި ކްލާސް ރޫމްތަކެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

މ. ދިއްގަރު ސްކޫލާއި ގއ. މާމެންދޫ ސްކޫލުގަ އާ ކްލާސްރޫމްތަކެއް އިމާރާތް ކުރުމަށް އެލްއެފް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ...

21 May 2015 | 09:54

މ. ދިއްގަރު ސްކޫލާއި ގއ. މާމެންދޫ ސްކޫލުގަ އާ ކްލާސްރޫމްތަކެއް އިމާރާތް ކުރުމަށް އެލްއެފް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އެލްއެފް ކުންފުުނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަބްދުލް ލަތީފެވެ.

މި އެއްބަސްވުމުގެ ދަށުން ދިއްގަރު ސްކޫލްގައި އެޅުމަށް ހަމަޖެހިފައިވަނީ ފަސް ކްލާސްރޫމެވެ. އަދި ދެ ފަންގިފިލާގެ ހޯލެއް ހުރެ އެވެ. އެ މަސައްކަތަށް 8،590،437 ރުފިޔާ ހަރަދުވާނެކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 10 މަސްދުވަހުގެ މުއްދަތެކެވެ.

މާމެންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމް އަޅާއިރު އެ ކްލާސްރޫމްތަކަކީ ޕާޓިޝަން ޖަހައިގެން ހަދާ ކްލާސްރޫމްތަކެކެވެ. އެއީ ހޯލަކަށް ބޭނުން ކުރެވޭގޮތަށް އަލާ ކްލާސްރޫމްތަކެކެވެ. މި މަސައްކަތަށް 2،147،822 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެ އެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ އަށް މަސްދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް