މުފްތީ މެންކްގެ ދަރުސް އަވަސްކޮށްފި

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޒިމްބާބްވޭގެ މުފްތީ އިސްމާއިލް ބުން މޫސާ މެންކް މި އަންނަ މަހު 15ގައި ރާއްޖޭގައި ދެއްވުމަށް ހަމަޖައްސާފައިވާ ދަރުސް އަވަސްކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ...

21 May 2015 | 09:50

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޒިމްބާބްވޭގެ މުފްތީ އިސްމާއިލް ބުން މޫސާ މެންކް މި އަންނަ މަހު 15ގައި ރާއްޖޭގައި ދެއްވުމަށް ހަމަޖައްސާފައިވާ ދަރުސް އަވަސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުފްތީ ދަރުސްދެއްވާގޮތަށް މިހާރު ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ ކަމަށެވެ. ދަރުސް ދެއްވާ ރޭ ބަދަލު ކުރަން ޖެހުނީ އޭނާގެ ޝެޑިއުލްއަށް އައިސްފައިވާ ބަދަލުތަކެއްގެ ސަބަބުންކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭނާ ރާއްޖެ ވަޑައިގެންނަވަނީ އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ " ދަ މެސެޖް" ދަރުސް ޕްރޮގްރާމްގައި ދަރުސް ދެއްވުމަށެވެ.

މީގެ ދެ އަހަރެއް ވަރު ކުރިން ވެސް މެންކް ވަނީ ރާއްޖޭގައި ދަރުސް ދެއްވާފަ އެވެ.

ރާއްޖޭގައި ވެސް ބޮޑު މަގުބޫލްކަމެއް ހޯއްދަވާފައިވާ މެންކް އަކީ މަދީނާ ޔުނިވަސިޓީގައި ޝަރީއާ ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަންނަނީ އިސްލާމީ ރިވެތި އުސޫލުތަކާ ގުޅޭގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދަރުސް ދެއްވަމުންނެވެ.

މެންކް އަކީ ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމެންޓުގެ ހެޑް ވެސް މެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް