ބީއެމްއެލްއިން މާފުށީގައި އޭޓީއެމްގެ ހިދުމަތް ފަށަނީ

ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމްގެ ހިދުމަތް މާފުށީގައި ފެށުމަށް ނިންމައިފި އެވެ. ބީއެމްއެލްގެ ޕީއޯއެސް މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް 100 ވަނަ ރަށަށް ތައާރަފް ކުރުމަށް އިއްޔެ މާފުށީގައި ބޭއް...

21 May 2015 | 09:23

ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމްގެ ހިދުމަތް މާފުށީގައި ފެށުމަށް ނިންމައިފި އެވެ.

ބީއެމްއެލްގެ ޕީއޯއެސް މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް 100 ވަނަ ރަށަށް ތައާރަފް ކުރުމަށް އިއްޔެ މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ކުރިޔަށް އޮތް ތިން މަސްތެރޭ މާފުށީގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާނެކަމަށެވެ. އަދި ދެ މަސްތެރޭ ބީއެމްއެލްގެ ސަޕޯޓު އޮފީހެއް މާފުށީގައި ގާއިމްކޮށް ބޭރު ފައިސާ މާރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

އެންޑްރޫ ވިދާޅުވީ މާފުށީގައި ބޭރު ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމީ އެ ރަށަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށަކަށް ވާތީ އެ ރަށުގެ ރައްޔިތުންގެ ކުރިއެރުމުގައި ބައިވެރިވެރިވުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެކުންފުނީގެ 27 ބްރާންޗް ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިރު 68 އޭޓީއެމް އާއި 3500 ޕީއޯއެސް ޓާމިނަލް އަދި ޕީއޯއެސް މެދުވެރިކޮށް ފައިސާނެގޭނެ ހިދުމަތްދޭ 100 އެޖެންޓުން އެބަތިބި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް