ނަޝީދު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު މާލެ ގެނައީ ދަތުގެ...

21 May 2015 | 08:26

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު މާލެ ގެނައީ ދަތުގެ ފަރުވާ އަކަށެވެ. އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ މިލިޓަރީ ހޮސްޕިޓަލް ނެނަހިޔާގަ އެވެ.

ނަޝީދަށް ފަރުވާދޭން މާލެ ގެނައީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން މާފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުން މީޑިއާގައި ވިދާޅުވެފައިވަނީ ނަޝީދު ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފައިމިވަނީ ޑޮކްޓަރަށް ދައްކަން އެދުނުތާ ދެ ހަފްތަ ފަހުން ކަމަށެވެ. އަދި އެކަމާ ވަކީލުންގެ ޓިމާއި އާއިލާއިން ކަންބޮޑުވާކަމަށް ވިދާޅުވެފައިވެ އެވެ.

ނަޝީދު ސެނަހިޔާ އަށް ގެނެސްފައިވާއިރު އެ ސަރަހައްދުގައި ނަޝީދަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ. ފުލުހުން އެ ސަރަހައްދު ބަންދުކޮށް ފޯރި މަރަމުންދާއިރު އަމުރަށް ނުކިޔަމަންތެރިވެގެން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިންވެސް ނަޝީދު އޭޑިކޭއަށް ޑޮކްޓަރަށް ދައްކަން ގެންނަކަމަށް ބުނެ އަޑު ފަތުރާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް