އެންޑީއޭގެ ސެކިއުރިޓީ ބެހެލެއްޓުމާއި ފުލުހުން ހަވާލުވެއްޖެ

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިމެއި މަހުގެ 19 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި އޮތް ބައްދަލުވުމެއްގައި ފުލުހުންގ...

21 May 2015 | 07:32

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިމެއި މަހުގެ 19 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި އޮތް ބައްދަލުވުމެއްގައި ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ  މާލެ ސިޓީ ޕޮލިސްގެ ހެޑް ޗިފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަހީދުއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މުޙައްމަދު ރަމީޒްއެވެ.

ފުލުހުން ބުނީ މި އެއްބަސްވުމުގެ ދަށުން ފުލުހުން އިންސްލޭޝަންސް ސެކިއުރިޓީ ޔުނިޓްގައި މަސައްކަތްކުރާ ސްޕްޝަލް ކޮންސްޓަބަލަރީ ފުލުހުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ކުލިނިކާއި އެކުލިނިކުން ނަގާ ޔޫރިން ސާމްޕަލްތައް ބެލެހެއްޓުމުގައި އާއި އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.  އަދި މި އެއްބަސްވުމުގެ ސަބަބުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުވެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާ ވެގެންދާނެ ކަމަށްވެސް ފުލުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިބައްދަލުވުމުގައި އެންޑީއޭގެ އިސްބައެއް ބޭފުޅުންނާއި މާލޭ ސިޓީގެ ޕޮލިސްގެ އިންސްލޭޝަން ސެކިއުރިޓީ ޔުނިޓް ޑެޕިއުޓީ ހެޑް ބައިވެރިވެލެއްވި ކަމަށެވެ.

އިންސްލޭޝަންސް ސެކިއުރިޓީ ޔުނިޓުން މިހާރުވެސް ދަނީ ހޮސްޕިޓަލްތަކުގައާއި ސަރުކާރުގެ އެކި އިދާރާތަކުގެ ސަލާމަތާއި ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް