އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ގައި

ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ހަމަޖައްސައިފި އެވެ. އެމްޓީސީސީން ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ރޭ 09:0...

21 May 2015 | 07:14

ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ރޭ 09:00 ގައި ހޮޓެލް ޖެންގައި ކަމަށެވެ.

މިޖަލްސާގައި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ސަރުކާރުން ފޮނުވާފައިވާ ޑިރެކްޓަރުންގެ ނަންތައް އިއުލާންކުރުމާއި އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ތެރެއިން ދެ ބޭފުޅަކު ޑިރެކްޓަރުންގެ ބޯޑަށް ހޮވުމާއި 2014 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް ފާސްކުރުމަށް ވަނީ ނިންމާފަ އެވެ.

އަދި ހިއްސާދާރުން ނަށް ބަހާނެ ފައިދާއާ ބެހޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން ފާސް ކުރުމާއި ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދިނުމުގެ ގަރާރު ފާސްކުރުމާއި އިސްލާހު ކުރެވިފައިވާ ކުންފުނީގެ އަސާސީ ގަވައިދު ފާސްކުރުމާއި ޑިރެކްޓަރުންގެ މުސާރައާއި އެލަވަންސް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ އަކަށް 20ރ. ބަހަންށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރުގެ ސާފު ފައިދާ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހަށް ކެނޑުމަށްފަހު ލިބިފައިވަނީ 81 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް