މާލޭގައި މަސްތުވާތަކެތީގެ ވިޔަފާޜި ކުރަމުންދިޔަ ދެ މީހުން ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ...

21 May 2015 | 06:55

މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ އެ މީހުން އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހޭޝް އޮއިލް ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ރޭ 21:05 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ 22 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ސައިކަލެއްގައި ދަނިކޮށް ލޮނުޒިޔާރަތްމަގު އިންޕީރިއަލް ކްލިނިކު ކައިރިން ކަމަށެވެ. އަދި 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމައްސަލާގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ކޮތަޅު ފެނިފައިވަނީ 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ވަގުތު ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް