‏ސޫރިޔާގެ ގަދީމީ ސަހަރެއް ކަމަށްވާ ޕަލްމީރާވެސް އައިއެސްގެ އަތްދަށަށް

ސޫރިޔާގެ ގަދީމީ ސަހަރެއް ކަމަށްވާ ޕަލްމީރާގައި ތިބި އެ ސަހަރުގެ ސިފައިން އެ ސަހަރުން ފޭބުމާއެކު ޕަލްމީރާ މިހާރު އޮތީ އައިއެސްގެ އަތްދަށުގައި ކަމަށް އެ ސަރަހައްދުގެ މޮނީޓަރުން ބުނެފި އެވެ. "އަސްކަރީ ސި...

21 May 2015 | 03:47

ސޫރިޔާގެ ގަދީމީ ސަހަރެއް ކަމަށްވާ ޕަލްމީރާގައި ތިބި އެ ސަހަރުގެ ސިފައިން އެ ސަހަރުން ފޭބުމާއެކު ޕަލްމީރާ މިހާރު އޮތީ އައިއެސްގެ އަތްދަށުގައި ކަމަށް އެ ސަރަހައްދުގެ މޮނީޓަރުން ބުނެފި އެވެ.

"އަސްކަރީ ސިފައިން ޕަލްމީރާ ދޫކޮށް ގޮސްފި، ސިފައިން ތިބީ ހަމައެކަނި ޕަލްމީރާގެ އުތުރުގައި ހުރި ޖަލެއް ގައްޔާއި ހުޅަނގުގައި ހުރި ޖާސޫސީ އިދާރާއެއްގައި އެކަނި" ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެ އެވެ.

މީގެ ކުރިން އައިއެސްގެ ކޮންޓްރޯލް ދަށުގައި އޮތީ ޕަލްމީރާގެ ތިންބައިކުޅަ އެއްބައެވެ. ޕަލްމީރާއަކީ ގަދީމީ ސަހަރަކަށްވާއިރު މީގެ ކުރިން އިރާގުގެ އެފަދަ ގަދީމީ އަވަށެއް ސަހަރެއް ކަމަށްވާ އަސީރިއަން އައިއެސްގެ ކޮންޓްރޯލް ދަށަށް ގެންދިއުމަށްފަހު އައިއެސްއިން ވަނީ އެ ސަހަރުގެ ދާރުލްއާސާރެއްގައި ހުރި ގަދީމީތަކެތި ހަލާކުކޮށްލާފަ އެވެ.

ނަމަވެސް ޕަލްމީރާ އައިއެސްގެ އަތްދަށަށް ގޮސްފައިވާއިރު ސޫރިޔާގެ ސިފައިންވަނީ ޕަލްމީރާގެ ގިނަ ގަދީމީ ތަކެތި ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފަ އެވެ.

ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްބުނެ އައިއެސް ނައްތާލަން އެމެރިކާއިން އިސްވެ އޮވެ ގިނަ ގައުމުތަކެއް ހިމެނޭ ބޮޑު ކޯލީޝަނަކުން މަސައްކަތް ކުރަމުން އަންނައިރު އަދިވެސް އިރާގާއި އޭސިއާގެ ބައެއް ސަރަހައްދުތަކުގައި އައިއެސްގެ ބާރު އަންނަނީ ގަދަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް