މާރާމާރީއެއްގައި ޒުވާނަކު ޒަޚަމް

މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މާލެ، މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއ...

21 Apr 2025 | 11:59

މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މާލެ، މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު 03:28 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މާރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ޒުވާނާގެ ހާލު އަދި ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް