138 ފުލުހުންނާއެކު 40 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ. މި ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހު 19 ވަނަ ...

21 Apr 2025 | 08:34

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހު 19 ވަނަ ދުވަހު ވާނީ ކެމްޕަހުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާންއެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މިއަދުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 138 ފުލުހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 41 އަންހެން ފުލުހުންނާއި 97 ފިރިހެން ފުލުހުންނެވެ.

39 ވަނަ އަސާސީ ތަމްރީނު ކޯސް ޖަނަވަރީ 18 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށް އެބަ ގެންދެއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް