ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.
ދިރާގުން މިއަދު ބުނެފައިވާގޮތުގައި މިއީ، ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.
މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީ.ބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެކަމަށާއި މިއީ، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއްކަމުގައި ދިރާގުން ބުނެފައިވެއެވެ.
"31 މޭ 2025 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕަރޓްނަރ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި" ދިރާގުން ބުނެފައިވެއެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. ދިރާގުން އަބަދުވެސް ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް