އެއްބުރުން ނިންމުމަކީ އެންމެ ޤާބިލު މީހާ އިންތިޚާބުކުރަން ރައްޔިތުންނަށް ލިބޭނެ ފުރުޞަތެއް: ވަޒީރު ޝަހީމް

އެއްބުރުން ރިޔާސީ އިންތޚާބު ނިންމުމަކީ އެންމެ ޤާބިލު އެކަށީގެންވާ މީހާ ވެރިކަމަށް އިންޚާބު ކުރުމަށް ރައްޔިތުންނަށް ލިބޭނެ ފުރުޞަތެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ...

21 Apr 2025 | 03:52

އެއްބުރުން ރިޔާސީ އިންތޚާބު ނިންމުމަކީ އެންމެ ޤާބިލު އެކަށީގެންވާ މީހާ ވެރިކަމަށް އިންޚާބު ކުރުމަށް ރައްޔިތުންނަށް ލިބޭނެ ފުރުޞަތެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ އެކަމަކީ ވަގުތު ސަލާމަތްވުމާއި މާލީގޮތުން ވެސް ބުރަ ކުޑަ ގޮތެއް. އެހެން ކަމުން މިއީ ރައްޔިތުންނާއި ދައުލަތުގެ މަޞްލަޙަތު އެކަމުގައި އޮތްކަމެއްކަމުގައި ދެކެލައްވާކަމަށެވެ.

އެ މަޢުލޫގައި ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލެއް ކަމަށާއި ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިޒާމީ ބަދަލުގެނައުމަކީ ދައުލަތުގެ މަތީ މަޞްލަޙަތު އެކަމުގައި އޮތްކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް