މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް އާދަމް ޒާހިރު ކާމިޔާބު ކުރައްވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އާދަމް ޒާހިރު މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި ޙުސައިން ޒައިދު ޢަލް ޢާރިފް (ދާ)އާއި އަމިއްލަގޮތުން ވާދަކުރެއްވި ޢަލީ ޒާހިރު (އަލިޕީ)އާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި ޝުޖާޢު ޢަލީ (ވާވު ރައީސް)އާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އާދަމް ޒާހިރަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ތިން ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް