މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް މުޙައްމަދު އިބްރާހީމް (ކުޑޫ) ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި ކުޑޫ މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި އާމިނަތު ނާދިރާއާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު އަފްތާބު (އާޕް)އާއި އަމިއްލަގޮތުން ވާދަކުރެއްވި އާމިނަތު މިޔާދާ (އާނަ)އާއި އަމިއްލަގޮތުން ވާދަކުރެއްވި ފާޠިމަތު އިޝާން ޢަލީއާއި އަމިއްލަގޮތުން ވާދަކުރެއްވި ޙަސަން ނިޔާޒު ރަޝީދު (ނިޔާ)އާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އީވާ ޢަބްދުﷲއާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ކުޑޫ އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ހަ ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް