ހަތަރު ކެންޑިޑޭޓުންނާ ވާދަކޮށް ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި މިނިވަން ކެންޑިޑޭޓް އަލްސަން އަށް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އެއް ކެންޑިޑޭޓް މުޙައްމަދު އަލްސަން އަޙްމަދު (އަލްސަން) ކާމިޔާބު ކުރަ...

21 Apr 2024 | 17:57

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އެއް ކެންޑިޑޭޓް މުޙައްމަދު އަލްސަން އަޙްމަދު (އަލްސަން) ކާމިޔާބު ކުރައްވައިފިއެވެ.

އަމިއްލަގޮތުން ވާދަކުރައްވައި އަލްސަން މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޢަބްދުﷲ ޝަރީފް (ޝަރީ)އާއި އަމިއްލަގޮތުން ވާދަކުރެއްވި ޙަސަން ފައިޙަތު ޤުދުރަތުﷲއާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޒިފްލީނާ ޙަސަން (ޒިފްލީން)އާއި އަމިއްލަގޮތުން ވާދަކުރެއްވި ފާޠިމަތު ސައުދަތު ޝާކިރު (ސައުދަތު)އާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އަލްސަން އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ހަތަރު ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް